ބަންދުގައި ބަހައްޓައިގެން ޙާޟިރުކުރަންޖެހޭ މީހުންގެ ކަންތަކާ މެދު މަޝްވަރާ ކުރުމަށް މޯލްޑިސް ޕޮލިސް ސަރވިސް އާއެކު ބައްދަލުވުމެއް ބާއްވައިފި!

Image 123 އޯގަސްޓް 2016 ވީ އަންގާރަ ދުވަހު، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޑްރަގް ކޯޓުން ބައްދަލުވުމެއް ބާއްވައިފިއެވެ. ޑްރަގް ކޯޓުގައި ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އެކި މައްސަލަތަކުގައި ބަންދުގައި ބަހައްޓައިގެން ޑްރަގް ކޯޓަށް ޙާޟިރުކުރަންޖެހޭ މީހުން، ޙާޟިރުކުރުމުގައި އަޅަންޖެހޭ ފިޔަވަޅުތަކާ މެދުގައެވެ. އަދި މީގެ އިތުރުން ވެސް ދެ ފަރާތަށް މުހިންމުވާ އިތުރު ކަންކަމާ މެދު މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ޑްރަގް ކޯޓުގެ ފަރާތުން ކޯޓު ހިންގެވުމާ ޙަވާލުވެހުންނެވި ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދާއި އިތުރު 3 ޤާޟީއަކު ބައިވެރިވެވަޑައިގަތެވެ. މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒާއި، ޑްރަގް ކޯޓާ ގުޅުންހުރި ޑިޕާރޓުމަންޓުތަކުގެ އިސްވެރިންނެވެ.

 

ބަންދުގައި ބަހައްޓައިގެން ޙާޟިރުކުރަންޖެހޭ މީހުންގެ ކަންތަކާ މެދު މަޝްވަރާ ކުރުމަށް މޯލްޑިސް ޕޮލިސް ސަރވިސް އާއެކު ބައްދަލުވުމެއް ބާއްވައިފި!