މިކޯޓުގެ ފަރުވާ ޕްރޮގްރާމް ފުރިހަމަ ކުރަމުންދިޔަ ފަރާތެއް ޕްރޮގްރާމުން ވަކިކުރެވިއްޖެއެވެ.
- އަނގާރަ, 18 ޖޫން 2013
ދައުލަތުގެ ފަރާތުން ޑްރަގް ކޯޓަށް ހުށައެޅުނު މައްސަލައެއްގެ ދަށުން މިކޯޓުގެ ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރަމުންދިޔަ ފަރާތެއް ކަމުގައިވާ ގ.ހެޕީސައިޑް ޙަސަން ސަހެޝާން ފަރުވާގެ ޕްރޮގްރާމުން 16 ޖޫން 2013 ގައި ވަކިކުރެވިއްޖެއެވެ. ފަރުވާގެ ޕްރޮގްރާމުން ޙަސަން ސަހެޝާން ވަކިކުރެވިފައިވަނީ ފަރުވާދޭ މަރުކަޒުގެ ތެރޭގައި މަސްތުވާތަކެތި
އިތުރު މީހަކު ޑްރަގް ކޯޓުގެ ފަރުވާ ޕްރޮގްރާމް ފުރިހަމަކޮށްފި!
- ހޯމަ, 10 ޖޫން 2013
ޑްރަގް ކޯޓުގެ ރީހެބިލިޓޭޝަން އަމު
ރުގެ ދަށުން އިތުރު މީހަކު ފަރުވާފުރިހަމަކުރުމާއެކު، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 85 ވަނަ މާއްދާގެ ދަށުން ގ. ލައިފް ޙަސަން ރަޝީދުގެ ފަހުގެ ޙުކުމް އިއްޔެ ކޮށްފިއެވެ. ޙަސަން ރަޝީދަކީ ނޭޝަނަލް ޑްރަގް އެޖެންސީގެ ކޮމިއުނިޓީ ސަރވިސް ސެންޓަރުން ހިންގި 06 މަސްދުވަހުގެ ކޮމިއުނިޓީ ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިވެ ރީހެބިލިޓޭޝަން އަމުރާ އެއްގޮތަށް ފަރުވާ ފުރިހަމަކޮށްފައިވާ މީހެކެވެ. އެ ފަރާތަށް ފަހުގެ ޙުކުމްކުރެވުމާއެކު، ފަހުގެ ޙުކުމްކުރެވުނު މީހުންގެ ޢަދަދު 06 އަށް އިތުރުވެފައިވެއެވެ.
ފަރުވާގެ ޕްރޮގްރާމުން އިތުރު މީހަކު ވަކިކުރެވިއްޖެ!
- ބުރާސްފަތި, 06 ޖޫން 2013
ނޭޝަނަލް ޑްރަގް އޭޖެންސީ މެދުވެރިކޮށް މިކޯޓަށް ހުށައެޅުނު މައްސަލައެއްގެ ދަށުން މިކޯޓުގެ ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރަމުންދިޔަ ފަރާތެއް ކަމުގައިވާ ޙުސައިން ޝަރީފް ފަރުވާގެ ޕްރޮގްރާމުން 4 ޖޫން 2013 ދުވަހު ވަކިކުރެވިއްޖެއެވެ. ފަރުވާގެ ޕްރޮގްރާމުން ޙުސައިން ޝަރީފް ވަކިކުރެވިފައިވަނީ ފަރުވާދޭ މަރުކަޒުގެ ތެރޭގައި މަސްތުވާތަކެތި
އިތުރު ދެމީހަކު ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމު ފުރިހަމަކޮށްފި!
- ބުރާސްފަތި, 30 މޭ 2013
ޑްރަގް ކޯޓުގެ ރީހެބިލިޓޭޝަން އަމުރުގެ ދަށުން އިތުރު މީހަކު ފަރުވާފުރިހަމަކުރުމާއެކު، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 85 ވަނަ މާއްދާގެ ދަށުން މިއަދު އެމީހުންގެ މައްޗަށް ފަހުގެ ޙުކުމްކޮށްފިއެވެ. މިއަދު ފަހުގެ ޙުކުމްކުރެވުނު މީހުންނަކީ ނޭޝަނަލް ޑްރަގް އެޖެންސީގެ ކޮމިއުނިޓީ ސަރވިސް ސެންޓަރުން ހިންގި 06 މަސްދުވަހުގެ ކޮމިއުނިޓީ ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިވެ ރީހެބިލިޓޭޝަން އަމުރާ އެއްގޮތަށް ފަރުވާ ފުރިހަމަކޮށްފައިވާ ދެ މީހުންނެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޑްރަގް ކޯޓުގެ ޝަރީޢަތް ހިންގުމުގެ ގަވާއިދު ޝާއިޢުވެއްޖެ!
- އަނގާރަ, 28 މޭ 2013
ޑްރަގް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ގިނަ ޢަދަދެއްގެ މީހުންނަކީ ޖިނާއީ ކުށް ކުށުގެ ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ކ.މާފުށީ ޖަލުގައި ތިބޭ ބަޔަކަށްވާތީއާއި، އެފަދަ މީހުން ޑްރަގް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީއާއި، ޝަރީޢަތްކުރުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ ގޮތުން، އެކުލަވާލެވުނު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޑްރަގް ކޯޓުގެ ޝަރީޢަތް ހިންގުމުގެ ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި އިއްޔެ (27 މެއި 2013) ދުވަހު ޝާއިޢުކުރެވިއްޖެއެވެ.



































