އިތުރު މީހަކު ރީހެބިލިޓޭޝަން އަމުރާޚިލާފުވުމުން ފަރުވާގެ ޕްރޮގްރާމުން ވަކިކޮށްފި
- ހޯމަ, 20 އޮކްޓޯބަރ 2014
ޑްރަގް ކޯޓުގެ ނަންބަރު 80/DC/2012 ޤަޟިއްޔާގައި މ.މުލީ، ނޫރާނީގެ އަޙްމަދު ޝާހީނު ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރުމުގެތެރޭގައި، އިތުރުކުށެއް ނުކުރުމަށް އަޙްމަދު ޝާހީނުގެ މައްޗަށްކޮށްފައިވާ އަމުރާ ޚިލާފުވެ ތަކުރާރުކޮށް މީނާ ކުށްކޮށްފައިވާތީ، އޭނާގެ މައްޗަށް ކޮށްފައިވާ ރީހެބިލިޓޭޝަން އަމުރު ހުއްޓާލުމަށްފަހު، އޭނާގެ މައްޗަށް ކޮށްފައިވާ 03 އަހަރަށް ޖަލަށްލުމުގެ ޙުކުމް ތަންފީޛުކުރުމަށް އަމުރުކޮށްފިއެވެ.
އިތުރު 04 މީހަކު ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފި
- އަނގާރަ, 09 ސެޕްޓެމްބަރ 2014
ޑްރަގް ކޯޓުން ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިކޮށްފައިވާ އިތުރު 04 މީހަކު ފަރުވާގެ ޕްރޮގްރާމު ފުރިހަމަކުރުމާއެކު އެ މީހާގެ މައްޗަށް ކޮށްފައިވާ ފުރަތަމަޙުކުމް ބާޠިލު ކުރުމަށްފަހު މިނިވަން ކުރުމަށް ކޯޓުން ފަހުގެޙުކުމް ކޮށްފިއެވެ. ފަހުގެޙުކުމް ކުރެވިފައިވަނީ އދ.މަންދޫ އޯޝާންވިލާ މުޙައްމަދު އަރީސް އާއި ޏ.ފުވައްމުލައް ޖީޖޭ ޢަބްދުﷲ އިބްރާހީމް އާއި މ.ގްރީންލައިފް ޢަލީ ޝަރީފް އަދި ގއ.ދާންދޫ ޕެލަސްހައުސް އަޙްމަދު އާދަމްގެ މައްޗަށެވެ.
ތިން މީހަކު ރީހެބިލިޓޭޝަން އަމުރާޚިލާފުވުމުން ފަރުވާގެ ޕްރޮގްރާމުން ވަކިކޮށްފި
- ބުދަ, 13 އޯގަސްޓް 2014
ޑްރަގް ކޯޓުން ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިކޮށްފައިވާ އިތުރު ތިން މީހަކު ފަރުވާގެ ޕްރޮގްރާމުން ވަކިކޮށްފިއެވެ. ފަރުވާގެ ޕްރޮގްރާމުން ވަކިކޮށްފައިވަނީ ކ.މާލެ، މ.ދިރިހަނޑޫގެ އަޙްމަދު ނާއިފް އާއި ދަފްތަރު ނަންބަރު 786 މަޢުޖޫދު ރިޔާޟް އާއި ކ.މާލެ، މއ.އާދިއްޕަރު އަޙްމަދު ޠާރިޤެވެ.
އިތުރު މީހަކު ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފި
- އަނގާރަ, 12 އޯގަސްޓް 2014
ޑްރަގް ކޯޓުން ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިކޮށްފައިވާ އިތުރު މީހަކު ފަރުވާގެ ޕްރޮގްރާމު ފުރިހަމަކުރުމާއެކު އެ މީހާގެ މައްޗަށް ކޮށްފައިވާ ފުރަތަމަޙުކުމް ބާޠިލު ކުރުމަށްފަހު މިނިވަން ކުރުމަށް ކޯޓުން ފަހުގެޙުކުމް ކޮށްފިއެވެ. ފަހުގެޙުކުމް ކުރެވިފައިވަނީ މ.މުލީ އާއިނާ، ޢަލީ ނަވާޒްގެ މައްޗަށެވެ.