ޑްރަގް ކޯޓު ހިންގެވުން ވަގުތީ ގޮތުން ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދުއާ ޙަވާލުކުރައްވައިފި!

Untitled-1 20 އޮކްޓޯބަރ 2014 އިން ފެށިގެން ޑްރަގް ކޯޓު ހިންގެވުން ވަގުތީ ގޮތުން މި ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދުއާ ޙަވާލުކުރައްވައި، ޖުޑީޝަލް ސާރވިސް ކޮމިޝަނުން އެކަން މިއަދު ޑްރަގް ކޯޓަށް އަންގަވައިފިއެވެ.

ކޯޓުތަކަށް ދާއިމީ އިސް ފަނޑިޔާރަކު ހަމަޖެހެންދެން ވަގުތީ ގޮތުން ކޯޓު ހިންގުން ހަވާލުކުރެވޭ ބޭފުޅުން ކޮންމެ 6 މަސްދުވަހަކުން ދައުރުވާ ގޮތަށް ޖޭ.އެސް.ސީން މީގެ ކުރިން ނިންމަވާފައިވާ ގޮތުގެ މަތިން، ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދުއާ ޑްރަގް ކޯޓު ހިންގުން ޙަވާލުކުރައްވާފައިވަނީ

އިތުރަށް ވިދާޅުވުމަށް...

އިތުރު މީހަކު ރީހެބިލިޓޭޝަން އަމުރާޚިލާފުވުމުން ފަރުވާގެ ޕްރޮގްރާމުން ވަކިކޮށްފި

57ޑްރަގް ކޯޓުގެ ނަންބަރު 80/DC/2012 ޤަޟިއްޔާގައި މ.މުލީ، ނޫރާނީގެ އަޙްމަދު ޝާހީނު ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރުމުގެތެރޭގައި، އިތުރުކުށެއް ނުކުރުމަށް އަޙްމަދު ޝާހީނުގެ މައްޗަށްކޮށްފައިވާ އަމުރާ ޚިލާފުވެ ތަކުރާރުކޮށް މީނާ ކުށްކޮށްފައިވާތީ، އޭނާގެ މައްޗަށް ކޮށްފައިވާ ރީހެބިލިޓޭޝަން އަމުރު ހުއްޓާލުމަށްފަހު، އޭނާގެ މައްޗަށް ކޮށްފައިވާ 03 އަހަރަށް ޖަލަށްލުމުގެ ޙުކުމް ތަންފީޛުކުރުމަށް އަމުރުކޮށްފިއެވެ.

އިތުރު 04 މީހަކު ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފި

drugޑްރަގް ކޯޓުން ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިކޮށްފައިވާ އިތުރު 04 މީހަކު ފަރުވާގެ ޕްރޮގްރާމު ފުރިހަމަކުރުމާއެކު އެ މީހާގެ މައްޗަށް ކޮށްފައިވާ ފުރަތަމަޙުކުމް ބާޠިލު ކުރުމަށްފަހު މިނިވަން ކުރުމަށް ކޯޓުން ފަހުގެޙުކުމް ކޮށްފިއެވެ. ފަހުގެޙުކުމް ކުރެވިފައިވަނީ އދ.މަންދޫ އޯޝާންވިލާ މުޙައްމަދު އަރީސް އާއި ޏ.ފުވައްމުލައް ޖީޖޭ ޢަބްދުﷲ އިބްރާހީމް އާއި މ.ގްރީންލައިފް ޢަލީ ޝަރީފް އަދި ގއ.ދާންދޫ ޕެލަސްހައުސް އަޙްމަދު އާދަމްގެ މައްޗަށެވެ.

އިތުރަށް ވިދާޅުވުމަށް...

ތިން މީހަކު ރީހެބިލިޓޭޝަން އަމުރާޚިލާފުވުމުން ފަރުވާގެ ޕްރޮގްރާމުން ވަކިކޮށްފި

REHAB

ޑްރަގް ކޯޓުން ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިކޮށްފައިވާ އިތުރު ތިން މީހަކު ފަރުވާގެ ޕްރޮގްރާމުން ވަކިކޮށްފިއެވެ. ފަރުވާގެ ޕްރޮގްރާމުން ވަކިކޮށްފައިވަނީ ކ.މާލެ، މ.ދިރިހަނޑޫގެ އަޙްމަދު ނާއިފް އާއި ދަފްތަރު ނަންބަރު 786 މަޢުޖޫދު ރިޔާޟް އާއި ކ.މާލެ، މއ.އާދިއްޕަރު އަޙްމަދު ޠާރިޤެވެ.

އިތުރަށް ވިދާޅުވުމަށް...