03 ޖޫން 2018 އިން ފެށިގެން 14 ޖޫން 2018 ނިޔަލަށް ޑްރަގް ކޯޓު ރިސެސްއަށް!

ޑްރަގް ކޯޓުގެ ކަލަންޑަރުގައިވާ ގޮތުގެ މަތިން މިއަހަރު ގެ ޖޫން 03 ވަނަ ދުވަހުން ފެށިގެން ޖޫން 14 ވަނަ ދުވަހުގެ ނިޔަލަށް ޑްރަގް ކޯޓު ރިސެސް އަށް ދިއުމަށް ނިންމަވައިފިއެވެ. ރިސެސްގެ މުއްދަތުގައި، މައްސަލަ ހިންގުން ފިޔަވައި ކުރިޔެކޭ ވެސް އެއްގޮތަށް އެހެން ހުރިހާ ޚިދްމަތްތަކެއް ދެވޭނެވާހަކަ ދެންނެވީމެވެ. އަދި މައްސަލަތަކާ ގުޅޭގޮތުން ނެރެންޖެހޭ ކޯޓު އަމުރުތަކާއި ކޮންމެހެން ނިންމަންޖެހޭ މައްސަލަތައް މައްސަލަ ބައްލަވާ ޤާޟީއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން ކުރިއަށްދާނެއެވެ.