ޑްރަގް ކޯޓުގެ 5 ވަނަ އަހަރީ ޙަފުލާ ބާއްވައިފި!

ޑްރަގް ކޯޓު އުފެދުނުތާ 5 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމަށް ޙަފުލާއެއް ބާއްވައިފިއެވެ. 19 އޮކްޓޯބަރު 2017 ވަނަ ދުވަހުގެ ރޭ ޑްރަގް ކޯޓުގައި ބޭއްވުނު މި ޙަފުލާގައި 2016 ވަނަ އަހަރު ޑްރަގް ކޯޓުން ހުރިހާ ގޮތަކުން އެންމެ ފާހަގަ ކުރެވޭ ނަމޫނާ މުވައްޒަފަށާއި، އެ އަހަރު ޙާޟިރީއަށް އެންމެ ރަނގަޅު މުވައްޒަފު ހޮވައި ޓްރޮފީއާއި ހަނދާނީ ލިޔުން ދެވުނެވެ. އަދި މީގެ އިތުރުން 2016 ވަނަ އަހަރު ޕާރފޯމަންސް އެޕްރައިޒަލް އިން 70 އިންސައްތައަށް ވުރެ މަތިން މާރކްސް ލިބުނު މުވައްޒަފުންނަށް ވެސް ހަނދާނީ ލިޔުން ދެވުނެވެ.

2016 ވަނަ އަހަރުގެ ނަމޫނާ މުވައްޒަފަކަށް ހޮވިފައިވަނީ އެސިސްޓެންޓް ލީގަލް އޮފިސަރ އަލްއުސްތާޛާ ފާޠިމަތު ތައުފީޤެވެ. ޙާޟިރީއަށް އެންމެ ރަނގަޅު މުވައްޒަފުގެ ގޮތުގައި ހޮވިފައި ވަނީ އެސިސްޓެންޓް ޑިރެކްޓަރ ޢަލީ ޝަމީންއެވެ.