ޑީ.ޓީ.އާރު.ސީ. ގައި ފަރުވާގެ ޕްރޮގްރާމު ކުރިއަށްދާ ގޮތް ބަލައިފި!

DRރީހެބިލިޓޭޝަން އަމުރުގެ ދަށުން ހިންގާ ފަރުވާގެ ޕްރޮގްރާމުތައް ކުރިއަށް ގެންދާ ގޮތް ބައްލަލާލެއްވުމަށް ޑްރަގް ކޯޓުގެ ފަނޑިޔާރުން، ޑްރަގް ޓްރީޓްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތް ކުރައްވައިފިއެވެ.

ކ.ހިންމަފުށީގައި ހުންނަ މި ފަރުވާ ދޭ މަރުކަޒަށް 24 އޯގަސްޓް 2016 ވީ ބުދަ ދުވަހު،

ކުރެއްވި މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންފައިވަނީ ކޯޓު ހިންގެވުމާ ޙަވާލުވެ ހުންނެވި ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދާއި، ޤާޟީ އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންއާއި، ޤާޟީ އަލްއުސްތާޛު މުޙައްމަދު ނަޢީމެވެ.

މި ޒިޔާރަތުގައި ފަރުވާދޭ ސެންޓަރުގެ ވެރިންނާއި، މުވައްޒަފުންނާއި، ފަރުވާ ހޯދަމުންދާ ފަރާތްތަކާ ބައްދަލުކުރައްވައި، މަރުކަޒުގެ ކަންކަން ހިނގަމުންދާ ގޮތާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.