ޑްރަގް ކޯޓުގެ މުވައްޒަފުންނަށް ޑައިބެޓީސް ސޮސައިޓީ ގެ ފަރާތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި!


Untitled-1ޑައިބެޓީސް ސޮސައިޓީގެ ފަރާތުން ހަކުރުބައްޔަށް އާންމުން ހޭލުންތެރި ކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ޑްރަގް ކޯޓުގެ މުވައްޒަފުންނަށް ޕްރޮގްރާމެއް ހިންގައިފިއެވެ.

18 އޯގަސްޓް 2016 ވީ ބުރާސްފަތި ދުވަހު ހިންގުނު ޕްރޮގްރާމްގައި ހަކުރު ބައްޔަށް ޓެސްޓްކޮށް ލޭގެ ޕްރެޝަރ ބެލުމާއި، ހަށިގަނޑުގެ ސަރުބީ ހުންނަ މިންވަރު ބެލުމުގެ އިތުރުން އިސްކޮޅާއި ގުޅުވައިގެން ބަރުދަން ހުންނަން ޖެހޭ މިންވަރު އަންގައިދިނުމާއި،

ހަކުރު ބަލި ޖެހުމުގެ ފުރުޞަތު އޮންނަ މިންވަރު ވެސް އަންގައިދީފައިވެއެވެ.

މި ޕްރޮގްރާމަށް މުވައްޒަފުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.