ޑްރަގް ކޯޓުގައި ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބާއްވައިފި!

 13467592 10154081595650831 399954761 o1
1437 ވަނަ އަހަރުގެ ރަމަޟާން މަސް އިޙްޔާކުރުމަށް ޑްރަގް ކޯޓުގެ ފަރާތުން 19 ޖޫން 2016 ވަނަ ދުވަހު ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބާއްވައިފިއެވެ.

 

ޑްރަގް ކޯޓުގެ މުވައްޒަފުންނަށް އަދި މުވައްޒަފުންގެ އާއިލާ މެމްބަރުންގެ ތެރެއިން 10 އަހަރުން ދަށުގެ ކުދިންނަށް ފުރުޞަތު ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

 

19 ޖޫން 2016 ވަނަ ދުވަހުގެ 10:30 ގައި ފެށި މުބާރާތް އެ ދުވަހުގެ 13:30 ގައި ނިންމާ، 15:00 ގައި ވަނީ ނަތީޖާ ފާޅުކޮށްފައެވެ. މުވައްޒަފުންގެ ގެ ބައިން އަދި 10 އަހަރުން ދަށުގެ ބައިން 1 ވަނަ، 2ވަނަ އަދި 3 ވަނަ ހޮވާ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައިވެއެވެ.